އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މިއަދު އިޢުލާނުކޮށްފިއެވެ.
ޒަކާތު ހައުސް އިން މިއަދު ހާމަކުރި ގޮތުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުން ފަށައި، މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ.
މާރިޗު 14 އިން 15 އަށް ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށެވެ. މީގެ އިތުރުން މާރިޗު 16 އިން 18 އާ ދެމެދު ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށެވެ.
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ރޭޓްތައް:
- އާދައިގެ ހަނޑޫ: 12/-
- ތައިލެންޑް ހުދު ހަނޑޫ: 53/-
- ރަތް ހަނޑޫ: 96/-
- ބާސްމަތީ ހަނޑޫ (އާދައިގެ): 77/-
- ބާސްމަތީ ހަނޑޫ (މޮޅު): 109/-
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136/-
- އާދައިގެ ފުށް: 10/-
- އާޓާ ފުށް: 75/-






