Saturday, October 31
ހުޅުމާލެއިން 31 ބިދޭސީން ހައްޔަރުކޮށް 2 މީހަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައި ފާސްކޮށް، އެތަންތަނަށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ އެ މަސައްކަތް ފެށީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ޕޯޓަލްއެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި 31 ބިދޭސީއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މި ޓާސްކްފޯހަކީ، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު އުފެއްދި ޓާސްކްފޯހެކެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ، ބިދޭސީން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަނެ، އެފަދަ މީހުން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު