އާދިއްތަ, November 1
ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

ހއ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲއެވެ. އެމްޓީސީސީ ފަރާތުންސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފްއެވެ.

މި މަސައްކަތުގެ ދަށުން ފޭސް 1 ގައި ހިމެނެނީ ޓާޝަރީ ފެންވަރަށް ޚިދުމަތް ގެނައުމަށް އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ، ސީއެސްއެސްޑީ އަދި މިނޫންވެސް ޚިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރުމެވެ.

މަސައްކަތުގެ  ފޭސް 2 ގެ ދަށުން ޓަރޝަރީ ފެންވަރަށް ޚިދުމަތް ގެނައުމަށް އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ މަސައްކަތްކުރުންކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު