Monday, November 2
ހުޅުދުއްފާރު ވޭސްޓް ސެންޓަރުގެ ބިންގާ އަޅައިފި
ރ. ހުޅުދުއްފާރު ވޭސްޓު މެނޭޖްމަންޓު ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ނުރައްކާތެރި ކުނި ރައްކާތެރިކުރާ ސަރަހައްދު ތަރައްގީ ކުރުމާއި އޮފީސް އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 1.76 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ވޭސްޓް މެނޭޖްމަންޓު ސެންޓަރު ގާއިމު ކުރެވިގެން ދިއުމާއިއެކު ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލެވި، ރަށުގެ ސާފުތާހިރުކަމާއި އާއްމު ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުވުމަށް މަގު ފަހިވެގެންދާނެ ކަމަށް އެމްޓިސީސީން ބުންޏެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒިރު އަބްދުﷲ ރާފިއުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓާޔާޑް) އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އާތިފު އާއި ހުޅުދުއްފާރު ކައުންސިލް މެމްބަރުން އަދި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު