ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކުގެ ތެރެއިން ދެ ދުވަހަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚިދުމަތް ދޭނެ ކަމުގައި އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ރަމަޟާން މަހުގެ ފަހު 10 ދުވަހު ބޭންކްގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށެވެ.
އަދި ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ މުއްދަތުގައި ބީއެމްއެލްގެ ބްރާންޗަކުން ޚިދުމަތް ހޯދަން ބޭނުންވާ ނަމަ، މާރިޗު 11 އަދި 18 ވަނަ ދުވަހުގެ ހެނދުނު 09:30 އިން 12:00 އަށް ޚިދުމަތް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ބޭންކުން ބުނީ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ މުއްދަތުގައި ބޭންކުގެ ބްރާންޗްތައް ހުޅުވާނީ 09:30 އިން 12:30 އަށް ކަމަށެވެ.





