Monday, November 2
ހަކުރުން ސަބްސިޑީ ކަނޑައެއް ނުލާނަން: ރައީސް

ޝީޝާ މަނާކޮށް ހަކުރު ސަބްސިޑީ ކަނޑާލަން މަޝްވަރާ ކުރަމުން ނުގެންދާ ކަމަށާ އެފަދަ ނިންމުމެއް ސަރުކާރުން ނުނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދާދި ފަހުން އޮތް ނޫސްވެރީންގެ ބައްދަލްވުމެއްގައި ޝީޝާ މަނާކުރުމާއި ހަކުރަށް ދެމުން އަންނަ ސަބްސިޑީ ކަނޑާލުމާއި ހަކުރުގެ ބާވަތްތަކުން ނަގާ ޓެކްސްތައް އިތުރުކުރުންފަދަ ކަންކަމުގައި ބައެއް މަޝްވަރާތައް ކުރެވޭ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވެފައިވާތީ އެކަން ސާފުކޮށް ދެއްވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޝްވަރާ ކުރެވެމުން ދަނީ އެފަދަ ސިއްޙަށް ނުރައްކާތެރި ކަންކަމުން ދިވެހި ރައްޔިތުން ނިޒާމީ ގޮތެއްގައި ދުރުކުރުމާއި ގުޅޭގޮތުން ކަމަށެވެ. އަދި އެފަދަ ކަންކަމުން ދުރުވުމަށް ސަރުކާރުން ހިތްވަރު ދޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރައްޔިތުންގެ ސިއްޙީ ދުޅަހެޔޮ ކަމަށްޓަކައި ސިއްޙީ ނުރަނގަޅު އާދަކާދަތަކުން ދުރުކުރުވުމަށް ވަރަށް ފުޅާދާއިރާއެއްގައި ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ނޫޅެން ޝީޝާ ބުއިން ބޭން ކުރާކަށެެއް. ހަކުރު ސަބްސިޑީ ކަނޑާލާކަށް. އެކަހަލަ ކަންކަން ކުރާކަށެއް. އެކަމަކު ޕަބްލިކް އެވެއާނަސް އިތުރުކޮށް މިކަމުން ދުރުވާން ހިއްވަރުދޭން ބޭނުންވަނީ," ސަރުކާރުގެ ވިސްނުން ސާފުކޮށް ދެއްވަމުން ރައީސް މިރޭ ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު