Saturday, October 31
ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކުރި ގޮތުގައި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު ސްޓިކްސް ކަމަށެވެ. މި ތަކެތި އަތުލައިގެންފައިވަނީ މާރިޗު 5 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވީ މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދެ މިލިއަނެއްހާ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު