Thursday, November 12
މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ.ކުޅުދުއްފުށި / ޕިޔާނާގެ، މުޙައްމަދު މޫސާ (36އ) އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މި މަހު 5 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި މުޙައްމަދު މޫސާ ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 2.6 ގުރާމު ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލަ އާ ގުޅިގެން މުޙައްމަދު މޫސާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު