Thursday, November 12
ބަންޑާރަ މިސްކިތާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާނެ: ވަޒީރު ޑރ. ޝަހީމްަ
ބަންޑާރަ މިސްކިތާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފައި އޮންނަ މިސްކިތެއް ނޫން ކަމަށްވާތީ، އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރަން ޤަސްތުކުރީ ކަމަށެވެ. "މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން"، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ވަޒީރު މިފަދައިން ޕޯސްޓުކުރައްވާފައިވަނީ ބަންޑާރަ މިސްކިތް ތަޅާލައި އައު މިސްކިތެއް އެޅުމަށް ހަމަޖެހިފައިވާކަން އިޢުލާން ކުރުމާ ގުޅިގެން އާންމުން ނުރުހުންތެރިކަން ފާޅުކުރުމާ ގުޅިގެންނެވެ. މިގޮތުން ބައެއް ފަރާތްތަކުން މީސްމީޑިއާގައި ބުނެފައިވަނީ ބަންޑާރަ މިސްކިތަކީ މާލޭގެ ތާރީޚީ އަދި ސަގާފީ ބިނާއެއް ކަމަށާއި، މި މިސްކިތް ތަޅައިލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރަމަޟާން މަހަށް ފަހު ފެށޭނެކަން ވަޒީރު ޑރ. ޝަހީމް އިޢުލާންކުރެއްވީ އިއްޔެއެވެ. މިގޮތުން ވަޒީރު ވިދާޅުވީ މިސްކިތް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށާއި، މިއާއެކު މާލޭގެ ބޮޑެތި ހުރިހައި މިސްކިތެެއް އާވެގެން ދިޔައީ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު