Saturday, October 31
ޕީއެސްއައިޕީގެ ދަށުން އިިމާރާތްކުރާ ހަ ކައުންސިލެއްގެ މަސައްކަތް ނިމިއްޖެ: ވަޒީރު

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ޢިމާރާތްކުރާ ހަ ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން ވަޒީރު ވިދާޅުވީ މަސައްކަތްތައް ނިމިފައިވާ ކައުންސިލު އިދާރާތަކަކީ ތ. ކިބިނދޫ، ށ. ނޫމަރާ، ލ. ކަލައިދޫ، މ. ރަތްމަންދޫ އަދި މ. ވޭވަށުގެ އިތުރުން އަދި އދ. ހަންޏާމީދޫ ކަމަށާއި، ފަސް ރަށެއްގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އެއީ ފ. ބިލެތްދޫ، ހއ. ހޯރަފުށީ، އދ. ދިއްދޫ އަދި ގދ. ހޯޑެއްދޫގެ އިތުރުން ހދ. ކުރިނބީއެވެ.

މީގެ އިތުރުން ކ. ދިއްފުށި ކައުންސިލް އަދި ނ. މިލަދޫ ކައުންސިލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށްޓަކައި، މި މަސް ހުސްވުމުގެ ކުރިން އެމްޓީސީސީއާ ޙަވާލު ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު