Saturday, October 31
ދެ އިންތިޚާބު އެއްކޮށްލުމަކީ ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް: ވަޒީރު އާދަމް ޝަރީފް

ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ހިންގުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އަންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިގޮތުން ވަޒީޜު ވިދާޅުވީ އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވަނީ އެކަމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވާތީ ކަމަށެވެ.

އަދި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކެމްޕޭނުގެ ދުވަސްވަރު އެކަމަކަށް ހުސްވެގެން ތިބޭ ތިބުމުގެ ބަދަލުގައި ބިނާކުރަނިވި މަސައްކަތް ކުރަން އިތުރު ވަގުތު ލިބިގެންދާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

'"އެއް ދުވަހު, އިންތިޚާބު އެޑްމިނިސްޓްރޭޓިވް މަސައްކަތް ފަސޭހަކުރުމަށް މި ބޭއްވޭ ބޭއްވުމަކީ ވަރަށް ހަރުދަނާ އަދި ރާއްޖޭގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް"' ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު