Monday, November 2
މާޗް މަހުގެ ނިޔަލަށް 11 ފުލުހުންގެ މަރުކަޒެއް ނިންމަނީ

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމާއެކު އަމިއްލަ އިމާރާތެއް ނެތި އެ އިދާރާއިން ހިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން މި ސަރުކާރުން ފެށި މަޝްރޫއެއް މިހާރު ނިމިފައިވާއިރު،  މާޗު މަހުގެ ނިޔަލަށްް އިތުރު 11 މަޝްރޫއެއްގެ މަސައްކަތް ނިމޭނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއާއި، އެ ވުޒާރާގެ ދަށުން ހިންގަމުންދާ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުގެ ދަށުން ވަކިވަކި 153 މަރުކަޒެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ކުރިން ވަޒީރު ވިދާޅުވެފައިވާ ގޮތުން މި މަޝްރޫއުތަކުގެ ތެރޭގައި ގިނައީ މުޅިން އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތަކުގެ މަސައްކަތެވެ. އަދި ބައެއް ރަށްރަށުގައި މިހާރު ހުރި މަރުކަޒުތަކުގެ ޖާގަ ތަނަވަސްކޮށް އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މުޅީން އަލަށް މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ދެ މަޝްރޫއެއް ނިމި، އެ މަރުކަޒުތަކުން މިހާރު ރައްޔިތުންނަށް ހިދުމަތްދެމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް އިތުރު 11 މަޝްރޫއެއް ނިމި، އެ މަރުކަޒުތުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ.

"މީގެ ތެރެއިން ދިވެހި ސަރުކާރާ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ފެށުނު ދެ ޕްރޮޖެކްޓެއް ނިންމައި އެ ދެ ޕޮލިސް ސްޓޭޝަނު ވާނީ ދިވެހި ރައްޔިތުންގެ ހިދުމަތަށް ނެރެފައި. މީގެ އިތުރުން މާޗު މަހުގެ ނިޔަލަށް އިތުރު 11 ޕްރޮޖެކްޓެއް ނިންމައި އެ ސްޓޭޝަންތައް ދިވެހި ފުލުހުންގެ ހިދުމަތުން ރައްޔިތުންގެ ހިދުމަތަށް ނެރޭނެ،" އިހުސާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައި ނެތް ހުރިހާ ރަށެއްގައި މިހާރު އެ ހިދުމަތްވަނީ ގާއިމުކޮށް ނިންމާފައެވެ. ހިދުމަތް ގާއިމުކުރުމާއެކު، އެ ހިދުމަތުގެ އަމިއްލަ އިމާރާތްތަކެއް ނެތި ހިދުމަތް ދެމުންދާ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ ބިނާރުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ރައީސްގެ ސިޔާސަތާ އެއްގޮތަށް އަމަލީ ގޮތުން ފެށުނީ ނިމުނު އަހަރުގެ ތެރޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު