'"މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް އަންނަނީ ލިބެމުން"' މިނިސްޓްރީން ވިދާޅުވިއެވެ. ރާއްޖޭގެ ޤައުމީ ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ދިނުމަކީ ރައީސްގެ ވައުދެކެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަމަޖައްސަވައިދެއްވާފައިވާ ހެލްތު އިންޝުއަރެންސްއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ވަނީ ބާއްވާފައި. މި ސެޝަންގައި ހެލްތު އިންޝުއަރެންސް ބޭނުންކުރާނެ… pic.twitter.com/bgfzZRDWel
— Ministry of Sports, Fitness and Recreation (@MoSFR_mv) March 4, 2026

ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ލިބެމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަމަޖައްސަވައިދެއްވާފައިވާ ހެލްތު އިންޝުއަރެންސްއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ބާއްވާފައެވެ. މި ސެޝަންގައި ހެލްތު އިންޝުއަރެންސް ބޭނުންކުރާނެ ގޮތްތަކާއި އިންޝުއަރެންސްއާ ގުޅޭ އެކި އެކި މަޢުލޫމާތުތައް ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ހިއްސާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން





