Thursday, November 12
އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިފި

އެމެރިކާއާއި އިޒްރޭލުގެ ޔަހޫދީން އީރާނަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 1,045 އަށް އަރާފައިވާ ކަމަށް އީރާނުގެ ފައުންޑޭޝަން އޮފް މާޓިއަރސް އެންޑް ވެޓަރަންސް އެފެއާޒުން ހާމަކޮށްފިއެވެ.

އެ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަސްކަރީ ހަމަލާތަކާ ގުޅިގެން ސިފައިންގެ އިތުރުން އާންމު ރައްޔިތުންގެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، މިހާތަނަށް މަރުވި 1,045 މީހުންގެ ހަށިގަނޑު ވަނީ ފަސްދާނުލެވިފައެވެ. އަދި މަރުވި މީހުން ދެނެގަތުމާއި ތަފާސްހިސާބުތައް ކަށަވަރުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި، އިތުރު މައުލޫމާތެއް ލިބިއްޖެނަމަ އެކަން ހާމަކުރާނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

އީރާނުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ތައުލީމީ ދާއިރާއަށް ލިބުނު ގެއްލުންތަކުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި ގާތްގަނޑަކަށް 20 ތައުލީމީ މަރުކަޒަކަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ ތެރެއިން ބައެއް ތަންތަން ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

މީގެ އިތުރުން އެމެރިކާއާއި އިޒްރޭލުން އީރާނުގެ ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގައި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ތިން މުވައްޒަފަކު ޝަހީދުވެފައިވާ ކަމަށް އީރާނުގެ މިނިސްޓްރީ އޮފް ހެލްތުންވެސް ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު