Thursday, November 12
ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި ޕޯސްޓަރާއި ސްޓިކަރ ހަރު ނުކުރުމަށް އަންގައިފި

ސްޓެލްކޯގެ ސަބްސްޓޭޝަން އަދި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި އެކި ފަރާތްތަކުން ޕޯސްޓަރު އަދި ސްޓިކަރ ތަތް ނުކުރުމަށް އަންގައިފިއެވެ.

ސްޓެލްކޯއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ޚިދުމަތްދޭ އިމާރާތްތަކާއި، ސަބްސްޓޭޝަން ޢިމާރާތްތަކުގެ ފާރުތަކުގެ ބޭރުގައި އަދި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި އެކި ފަރާތްތަކުން ޕޯސްޓަރު، ސްޓިކަރ ފަދަ ތަކެތި ތަތްކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން ޑިސްޓްރިބިއުޝަން ފޮށި ހުޅުވާ، މެއިންޓެއިން ކުރުމަށް ދަތިތައް ދިމާވަމުންދާ ކަމަށާއި، ސަބްސްޓޭޝަން ޢިމާރާތްތަކުގެ ބޭރުގައި ހަރުކޮށްފައިވާ އިންޒާރު / ނުރައްކާ ބޯޑުތަކުގެ މަތީގައި ސްޓިކަރ އަދި ޕޯސްޓަރ ތަތްކުރުމުގެ ސަބަބުން ރައްކާތެރި ކަމާއެކު ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅެމުންދާކަންވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ސްޓެލްކޯއިން، ވަނީ އެ ކުންފުނީގެ ޚިދުމަތްދޭ އިމާރާތްތަކާއި، ސަބްސްޓޭޝަންތަކުގެ ޢިމާރާތުގެ ފާރުތަކުގެ ބޭރުގައި އަދި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި ޕޯސްޓަރ، ސްޓިކަރ އަދި މިނޫނަސް އެއްވެސް އެއްޗެއް ތަތްކުރުމަކީ މަނާ ކަމެއްކަން ހަނދުމަކޮށްދީ، މިފަދަ ކަންކަން ނުކުރުމަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު