Monday, November 2
އެޗްޑީސިއާއި ގުޅިގެން ތެލެސީމިއާއަށް ހޭލުންތެރިކުރަނީ
ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް، އެޗްޑީސީއާއި މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި އެޗްޑީސީ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ހުޅުމާލޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް، ސޮއިކުރި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ. އަދި ތެލަސީމިއާ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން، އިމާން މުހައްމަދެވެ. މި އެއްބަސްވުމުގެ ދަށުން ތެލަސީމިއާ ސޮސައިޓީގެ މަސައްކަތްތަކަށް ހުޅުމާލެއިން ބޭނުންވާ އޮފީސް ޖާގަ އެޗްޑީސީގެ ފަރާތުން ފޯރުކޮށްދޭނެއެވެ.އަދި ތެލަސީމިއާ ސޮސައިޓީގެ ފަރާތުން އެޗްޑީސީއާ ގުޅިގެން، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައިވެސް ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ މަޤްސަދަކީ ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއެކު، ތެލަސީމިއާ އާ ގުޅިގެން ރާއްޖޭގައި ލޭއަޅާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު