އާދިއްތަ, October 11
ފްރާންސުން ރާއްޖެ އަށް ކަނޑައަޅާފަ ހުންނަވާ އޮނޮރަރީ ކޮންސުލް އަށް އެގްޒެކެޓުއަރ އަރުވައިފި

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލް، އަލްފާޟިލާ ފާތިމަތު ޒުރައިޤް މުޙައްމަދަށް މިއަދު އެގްޒެކުއަޓަރ އަރުވައިފިއެވެ.

މި ރަސްމިއްޔާތަށްފަހު، ވަޒީރު ޑރ. ޚަލީލް ވަނީ އެކަމަނާ އަށް މަރުޙަބާ ދަންނަވައި، މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ އިތުބާރު އޮތްކަން ހާމަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން، ޚާއްޞަކޮށް ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން މިނިސްޓަރ ތަކުރާރު ކުރެއްވިއެވެ.

އަދި، އޮނަރަރީ ކޮންސުލް ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ފަރަންސޭސި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އާ ހިސާބަކަށް ގެންދިއުމަށްޓަކައި ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ގާތުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އޮނަރަރީ ކޮންސުލުންނަކީ އެ ބޭފުޅުން ތަމްސީލުކުރައްވާ ޤައުމުތަކުގެ ރައްޔިތުންނަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އައްޔަންކުރެވޭ ބޭފުޅުންނެވެ. އެގްޒެކުއަޓަރ އެރުވުމާއެކު، ފާތިމަތު ޒުރައިޤް މުޙައްމަދު މިހާރު ވަނީ ރަސްމީކޮށް ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެވަޑައިގަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު