Monday, November 2
ވޯޓު ފޮށީގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާއަށް ހުޅުވާލީ މިއަދުއެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 4 މާރިޗް ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ.

ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅަންޖެހޭނީ އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ޗެކްކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެ މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަދި 1414އަށް މެސެޖު ކުރުމުންވެސް މަޢުލޫމާތު ލިބޭނެއެވެ. މީގެ އިތުރުން ކޮމިޝަނުގެ ރަޖިސްޓަރޭޝަން ޕޯޓަލް pprvr.elections.gov.mv މެދުވެރިކޮށްވެސް މަޢުލޫމާތު ޗެކްކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު