Monday, November 16
ގޯއްޗާއި ފްލެޓް ދޭނެކަމަށް ބުނާ ސްކޭމްތަކަށް ސަމާލުވާން އެދެފި
"ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓް ލިބޭނެ ކަމަށް ބުނެ، ސްކޭމްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ. މިކަމާއި ގުޅިގެން އެވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ގޯއްޗާއި ފުލެޓު ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ޢާންމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ. ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފުލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އެފަދަ އެހެން އެއްވެސް މުއާމަލާތެއް ނުކުރުމަށް ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ރަސްމީ އުޞޫލުތަކުން ބޭރުން އެއްވެސް މުޢާމަލާތެއް ނުހިންގުމަށްވެސް ވަނީ އަންގަވާފައެވެ. މީގެ އިތުރުން، ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައިވާ އުޞޫލެއް ނުވަތަ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި، ފުލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުޢާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށްވެސް ވަނީ އެދިލައްވާފައެވެ. މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅުމަށްވެސް އެ ވުޒާރާއިން އެދިލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު