Monday, November 2
މުއައްސަސާގެ ބައިން ފްލެޓަށް ކުރިމަތިލެވޭ ޝަރުތު ބަދަލުކޮށްފި

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގައި ޚާއްސަ އިސްކަންދޭ ކެޓަގަރީގައި، އިދާރާތަކާއި މުއައްސަސާތަކުގެ ބައިން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވާ 5 އަހަރުގެ މުއްދަތު 1 އަހަރަށް މަދުކޮށްފިއެވެ. މި ބަދަލު ގެނެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ ގެޒެޓުކޮށްފައެވެ. ޚާއްސަ ކެޓަގަރީގައި އިދާރާތައް އަދި މުއައްސަސާތަކުގެ ބައިން މައިގަނޑު 3 ބަދަލެއް އުސޫލަށް ވަނީ ގެނެސްފައެވެ.

1. ވަޒީފާގެ މުއްދަތަށް ގެނެވުނު ބަދަލު :

ކުރިން އޮންނަ ގޮތުން ޚާއްސަ ކެޓަގަރީއަށް ޝަރުތު ހަމަވުމަށްޓަކައި، އެ އިދާރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާން ޖެހެއެވެ. ނަމަވެސް މިހާރުވަނީ މި މުއްދަތު 1 އަހަރު ދުވަހަށް ކުރުކޮށްފައެވެ. އެގޮތުން، ޚާއްސަ އިސްކަންދެވޭ އިދާރާއެއްގައި މެދުނުކެނޑި ވޭތުވެދިޔަ 1 އަހަރު ފުލް-ޓައިމް ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކަށް މިހާރު އެކެޓަގަރީން ފުލެޓަށް ކުރިމަތިލެވޭނެއެވެ.

2. ފުލެޓު ލިބުމަށްފަހު ޚިދުމަތްކުރުމަށް އެއްބަސްވާ މުއްދަތު:

ކުރިން އުސޫލުގައި އޮތްގޮތުން ނަމަ، ފުލެޓު ލިބޭ ފަރާތްތަކުން އެ އިދާރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކުރުމަށް އިގުރާރުވާން ޖެހެއެވެ. އުސޫލަށް ބަދަލު ގެނެސްފައިވަނީ ބޯހިޔާވަހިކަން ހަވާލުކުރާ ތާރީޚުން ފެށިގެން، އެ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރުމަށް އެއްބަސްވާން ޖެހޭގޮތަށެވެ.

3.އިތުރު އިދާރާއެއް ލިސްޓުގައި ހިމެނުން:

ތިންވަނަ ބަދަލެއްގެ ގޮތުގައި، އިދާރާތަކުގެ ލިސްޓަށް އެއް އިދާރާ ވަނީ އިތުރުކޮށްފައެވެ. ޚާއްސަ އިސްކަންދެވޭ އިދާރާތަކުގެ ލިސްޓަށް (ކެޓަގަރީ 6 ގެ ދަށުން) އިތުރުކޮށްފައިވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (CMDA) އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު