Thursday, November 12
މާލޭ ގެއެއްގައި އަލިފާން ރޯވެ ބޮޑޭތި ގެއްލުންތަކެއް ލިބިއްޖެ

މާލޭ ގެއެއްގައި އަލިފާން ރޯވެ ބޮޑޭތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މއ. ރިމްލާސްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު 03:06 ހާއިރު ކަމަށެވެ.

އަދި މި ރިޕޯޓު ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ 04:12 ހާއިރު ކަމަށެވެ.

މި ހާދިސާގައި މި ގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފައިވާ ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާގައި އެގެއަށް، ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވުމުން، އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން އެ އޮތޯރިޓީން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު