Saturday, October 31
ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކުރާނަން: ހަޔަރ އެޑިޔުކޭޝަން

ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކުރާނެ ކަމަށް މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާތީ، އެ ސަރަހައްދުގެ ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކިޔަވާކުދިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، ރާއްޖޭން ބޭރުގައި ތިބި ދިވެހި ކިޔަވާކުދިންގެ ރައްކާތެރިކަމާއި ލާބައަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސަރުކާރުން ކަށަވަރުކުރާނެ ކަމަށެވެ.

މިގޮތުން، މިހާރުގެ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން ތައުލީމީ މަރުކަޒުތަކާ ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ އަރުވައިފައެވެ.

އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށާއި، މި ދަތި އުނދަގޫ ދަނޑިވަޅުގައި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށްވެސް އެ ވުޒާރާއިން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު