Thursday, November 12
މާލޭގައި ފުލުހުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށްގެންގޮސްފި
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު މާލޭގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެފަރާތްތަކުގެ ހާލުބަލައި، ހުރި ކަންބޮޑުވުންތަކާއި ދަތިތައް އޮޅުންފިލުވާފައިވާ ކަމަށެވެ. މި ހަރަކާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މީގެ ކުރިންވެސް މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައިވެސް މިފަދަ ވޯކް އެންޑް ޓޯކް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު