Monday, November 2
މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މެދު އިރުމަތީގައި ހަނގުރާމަ އިއުލާނުކޮށް މަސްރަހު ހޫނުވެފައިވާއިރު   ހަމަލާ އަމާޒުވަމުންދާ ޤައުމުތަކުގައި ތިބި ދިވެހީން ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދުކުރުމަށް ދިވެހި ހާރިޒިއްޔާ އިން  އިލްތިމާސްކޮށްފިއެވެ.

ހާރިޒިއްޔާ އިން ބުނީ އެ ޤައުމެއްގެ ސަރުކާރުން ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށާއި   އެ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު އެ ވުޒާރާއާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށެވެ.

އަދި  ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ ދިވެހިން، އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުތަކުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފައިވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ވެސް ވަނީ ހާއްސަ އެޑްވައިޒަރީއެއް މިއަދު ނެރެފައެވެ.

އެމްއޭސީއެލުން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ވަނީ މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ މީހުން ސަމާލުވާން އަންގާފައެވެ.

އޭގެ އިތުރުން އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް މިއަދު ދޭންފެށި ހަމަލާއާއިއެކު  މެދުއިރުމަތީ ވައިގެ ސަރަހައްދު  ބަންދުކުރުމާއި ގުޅިގެން  އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ހުރިހާ ފްލައިޓެއް   ވެސް ވަނީކެންސަލް ކޮށްފައެވެ.

އެގޮތުން އެއާޕޯޓަށް ދިއުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާއޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެމްއޭސީއެލުން ވަނީ އަންގާފައެވެ.

އަދި އެ އެެޑްވައިޒަރީގައި ސަމާލުކަން ދޭން އެންގި ކަންކަމުގެ ތެރޭގައި ދަތުރުކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދަށް ތަބާވެ ދުރާލާ ދަތުރުގެ ކަންކަން ރޭވުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު