މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބުނީ މިއީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެއް ކަމަށާއި، މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިން ކަމަށެވެ. އަދި މިއީ ސަރުކާރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ މެދުވެރިކޮށް ފޯރުކޮށްދެއްވި މެޝިނެއް ކަމަށްވެސް އެމްސީއެސް އިން ވަނީ ބުނެފައެވެ.މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިންގ މެޝިން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން އިފްތިތާހު ކޮށްދެއްވައިފި. މިއީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެއް، އަދި މާފުށި… pic.twitter.com/VvSJ8j2UiJ
— Maldives Correctional Service (@CorrectionsMv) February 28, 2026

މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިންގ މެޝިން އިފްތިތާޙުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މެޝިން އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ.
މި ލިޔުން ކިޔާލުމުން





