Monday, November 2

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، އދ. މާމިގިލީގައި ބިނާކުރެއްވި އާ މިސްކިތް "މަސްޖިދު އިބްރާހިމް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޤާސިމް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި މާމިނގިލީ ކައުންސިލްގެ އިސްވެރިންނާއި، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މިސްކިތް ހުޅުވުމަށްފަހު، މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދުގައި އިމާމުވެ ހުކުރު ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މާމިގިލީގައި އަލަށް ހުޅުވި މި މިސްކިތަކީ އެއްފަހަރާ 800 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮތް ބިނާއެކެވެ. މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމާއި، ވުޟޫކުރެވޭނެ ފަސޭހަ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މުޅި މިސްކިތް ވަނީ އޭސީ ކުރެވިފައެވެ.

މި ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކެއް ހުޅުވަމުންދާކަން ފާހަގަކުރެވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ ޚަރަދުގައާއި އަމިއްލަ ފަރާތްތަކުގެ އެހީގައި ބިނާކުރި މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއް މިހާތަނަށް ވަނީ ހުޅުވާފައެވެ.

އެ ވުޒާރާއިން ލަފާކުރާ ގޮތުގައި މި ރަމަޟާން މަސް ނިމުމުގެ ކުރިން އަލަށް ހުޅުވޭ މިސްކިތްތަކުގެ ޖުމްލަ އަދަދު 20 އަށް އަރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު