Saturday, October 31
ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ށ. ނަރުދޫއާއި، ރ. އުނގޫފާރު، ރަސްމާދޫ، ފައިނު އަދި ގދ. ތިނަދޫގައި ފުޓުބޯޅަ ދަނޑު ޤާއިމްކުރުމަށެވެ.

ށ. ނަރުދޫގައި ފުޓުބޯޅަ ދަނޑެއް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނަވީޒެވެ. އަދި ވޭވް ލެންތްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޖަލީލެވެ.

މީގެ އިތުރުން، ރ. އުނގޫފާރު، ރަސްމާދޫ، ފައިނު އަދި ގދ. ތިނަދޫގައި ފުޓުބޯޅަ ދަނޑު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ރަމީޒް އަދި ހުސެއިން ނިހާދެވެ. އަދި ފިއުޗަރ ހޯމްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އަލީ އަބްދުﷲ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު