ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) ގެ ޗެއަރޕާރސަންގެ މަޤާމުގައި ހުންނެވި ނަޝްވާ ޢަބްދުﷲ އެ މަޤާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާރސަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ގ. ރޯސްއައިލެންޑް، އަލްފާޟިލާ ނަޝްވާ ޢަބްދުﷲ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) February 26, 2026
މިގޮތުން ޕީސީބީން ބުނީ އެފްޑީސީގެ ޗެއަރޕަރސަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ގ. ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް ނަޝްވާ އެ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ. އެފްޑީސީގެ ޗެއަރޕަރސަންގެ މަޤާމަށް ނަޝްވާ ޢައްޔަންކުރީ 8 ޖަނަވަރީ 2024 ގައެވެ. ނަޝްވާ ވަނީ މީގެ ކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ.





