Thursday, November 12
ނޮޅިވަރަންފަރަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

ނޮޅިވަރަންފަރަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، އެ ރަށަށް މިހާރު ކަރަންޓުގެ ޚިދުމަތް އަލުން ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ނޮޅިވަރަންފަރުގައި ބޭނުންކުރާ އިންޖީނަކަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން އިއްޔެ އެ ރަށުން ކަރަންޓު ކެނޑުނު ނަމަވެސް، ފެނަކައިން މަޢުލޫމާތު ދިން ގޮތުގައި ރޭ މެންދަމު 02:30 ހާއިރު ވަނީ މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން ފެނަކައިން ބުނީ، ރޯދަ މަސް ފެށުނުއިރު އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ގުޅިފައިވާ ރަށްތަކަށް ދިމާވި ކަރަންޓުގެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ކޭބަލަކަށް ދިމާވި މައްސަލައަކާ ހުރެ މަރަދޫގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވާތީ، އިތުރު ކޭބަލެއް ގުޅައިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި އައްޑޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ބޭނުންނުކޮށް ހުރި ޖަނަރޭޓަރެއް ވަގުތީގޮތުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތާއި، މާލެއިން އިތުރު ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު