ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އައި ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.
މިގޮތުން އެސްޓީއޯއިން ކުރިން 12ރ. އަށް ވިއްކަމުންދިޔަ ފިޔާ ކިލޯ 10ރ. އަށް އަގުހެޔޮކޮށްފައިވާއިރު، ފިޔާ ބަސްތާއެއްގެ އަގު ވަނީ 250ރ. އިން 190ރ. އަށް ތިރިކޮށްފައެވެ.
މީގެ އިތުރުން 14ރ. އަށް ވިއްކަމުން އައި އަލުވި މިހާރު 12ރ. އަށް ހެޔޮކޮށްފައިވާއިރު، އަލުވި ބަސްތާއެއްގެ އަގުވެސް 300ރ. އިން 160 ރ. އަށް ވަނީ ހެޔޮކޮށްފައެވެ.
އެސްޓީއޯ އިން ދަނީ ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ 26 ބާވަތްވެސް އެ ކުންފުނީގެ ހުރިހާ އައުޓްލެޓަކުން ލިބޭނެ އިންތިޒާމު ފަހިކޮށްދެމުންނެވެ.
އަދި އެސްޓީއޯ އިން ވަނީ އެ ކުންފުނިން ވިއްކާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ތަކެތީގެ އަގުތައް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމުވެސް ހަމަޖައްސައިފައެވެ.







