Thursday, November 12
ޚާރިޖީ ވަޒީރު ކުވޭތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ކުވޭތުގެ ގައުމީ ދުވަހާއި މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ކުވައިތުގެ ޚާރިޖީ ވަޒީރު، ޝައިޚް ޖައްރާޙް ޖާބިރު އަލްއަޙުމަދު އަލްޞަބާޙަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ފާހަގަކުރާ ކުވޭތުގެ ގައުމީ ދުވަހާއި، ފެބްރުއަރީ 26 ވަނަ ދުވަހު ފާހަގަކުރާ އެ ގައުމުގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ކުވޭތުގެ ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ވަޒީރު ވިދާޅުވީ މި މުނާސަބަތުތަކަކީ ކުވައިތުގެ ރައްޔިތުންގެ ވަރުގަދަ އަޒުމާއި، އެއްބައިވަންތަކަމާއި، ގައުމުގެ މިނިވަންކަމާއި ތަރައްގީއަށްޓަކައި އެ ބޭފުޅުން ކުރައްވާ މިންނެތް މަސައްކަތް ރަމްޒުކޮށްދޭ މުހިންމު ދުވަސްތަކެއް ކަމަށެވެ.

އަދި ދިވެހިރާއްޖެއިން ކުވައިތާއެކު އޮންނަ ޒަމާންވީ އުޚުއްވަތްތެރި ގުޅުމަށް ނުހަނު އިސްކަންދޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ވަޒީރު، ޝައިޚް ޖައްރާޙް ޖާބިރު އަލްއަޙުމަދު އަލްޞަބާޙުގެ ދައުރުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށްޓަކައި ގާތުން މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.

"މަނިކުފާނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދެމުން، މަނިކުފާނަށް ކުރާ މަތިވެރި ގަދަރާއި އިހުތިރާމް އާކުރަން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު