އާދިއްތަ, November 1
ދުންފުހުގެ މައްސަލައަކީ އާންމު ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރުވާ ކަމެއް، ސަރުކާރުން ގައުމީ ފެންވަރުގައ އިސްކަންދީގެން ބަލާނެ: ފޮރިން މިނިސްޓްރީ
ދުންފުހުގެ މައްސަލައަކީ އާންމު ސިއްހަތާއި ތިމާވެއްޓާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރުތައް ކުރުވާ ކަމެއް ކަމަށް ވުމުން، އެއީ ސަރުކާރުން ގައުމީ ފެންވަރުގައި އިސްކަންދީގެން ބަލާ މައްސަލައެއް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ދުންފުހުގެ މައްސަލައިގައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށާއި، ދިގު މުއްދަތުގެ ހައްލެއް ހޯދަން ބޭރު ގައުމުތަކާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. 

އެ ބަޔާނުގައި ވަނީ، މި ދުވަސްވަރު ދުންފުހުގެ މައްސަލަ ގޯސްވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި ބޭރު ގައުމުތަކުން އަންނަ، ތަޣައްޔަރުވެފައިވާ ވަޔަށް ރާއްޖެ ދިގު މުއްދަތަކަށް ހުށަހެޅުމުން ރައްޔިތުންގެ ސިއްހަތަށް ގެއްލުންވުމުގެ އިތުރަށް، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުކުރާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އެ ބަޔާނުގައި ވަނީ ދުންފުހުގެ މައްސަލައަކީ މުޅި ދެކުނު އޭޝިއާއަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކޮށް، މޫސުމާއި ވަޔަށް އަންނަ ބަދަލުތަކާއެކު، އެކި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ މާއްދާތައް އެއް ގައުމުން އަނެއް ގައުމަށް ފޯރާ ކަމަށް ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު