Thursday, November 12
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭވްމަންޓް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާލޭ ބޮޑުތަކުރުފާނު، ބްރިޖު ލައިޓު ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޕޭވްމަންޓް މައްޗަށް އަރައި އެކްސިޑެންޓުވެފައިވާ މައްސަލަ ރޭ ދަންވަރު 01:39 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިގޮތުން މި އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއާއި، ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، އެއީ ދެ ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފަހަތުގައި އިން ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

އަދި އެކްސިޑެންޓުވި ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު