Thursday, November 12
ޚާރިޖީ ވަޒީރު ބްރުނާއީ ގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

‏‎ޚާރިޖީ ވަޒީރު ބްރޫނާއީ ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އޮނަރަބަލް ދާތޯ އެރުވަން ޔޮސޮފް އަށް ތަހުނިޔާ އަރިސްކުރައްވައި ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެ މަނިކުފާނުގެ ސިޓީފުޅުގައި، ބްރޫނާއީ ގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބާގައި، ބްރޫނާއީ ގެ ޚާރިޖީ ވަޒީރަށާއި، ސަރުކާރަށާއި އަދި އެ ޤައުމުގެ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ.

އަދި ދިވެހިރާއްޖެ އާ ބްރޫނާއީ އާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއްކަމާއި ދެ ޤައުމަށްވެސް ފައިދާ ހުރި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށް އުއްމީދު ކުރައްވާ ކަމުގައި އެ މަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު