Thursday, November 12
ޚާރިޖީ ވަޒީރު ޖެނީވާއަށް ވަޑައިގެންފި
ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ވަޑައިގަންނަވައިފިއެވެ. ޖެނީވާއަށް ވަޑައިގެންނެވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޚަލީލް ވިދާޅުވީ އެމަނިކުފާނު ޖެނީވާއަށް ވަޑައިގެންނެވީ އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ވީކްގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ. މިގޮތުން ވަޒީރު ވިދާޅުވީ އިންސާނީ ޙައްޤިތައް ކުރިއަރުވައި ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ބޭނުންތެރި ބައްދަލުވުންތަކެއް ބޭއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކާމިޔާބު ބައްދަލުވުމަށް މަސައްކަތް ކުރުމަށް ރާއްޖެއިން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، މި ބައްދަލުވުމުގައި މަލްޓިލެޓަރަލް ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު