Thursday, November 12
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ބީއެމްއެލް އެޕުން ޑޮލަރަށް އެދެވޭ ގޮތަށް ހަދައިފި

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ޚިދުމަތަށް މިހާރުން ފެށިގެން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަމަކާއެކު ހުށަހެޅޭނެ ކަމަށާއި، ޑޮލަރު ގަތުމަށް އެދިހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި، އެޕްލިކޭޝަންގެ ސްޓޭޓަސްވެސް އެޕްއިން ބަލައިލެވޭނެ ކަމަށެވެ.

ބީއެމްއެލް އިން އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާއިރު، އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެއެވެ.

ބީއެމްއެލް އިން ބުނީ ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު