Saturday, October 31
ޕްލާސްޓިކް ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކަން އަންގައިފި
ޕްލާސްޓިކް ނުވަތަ "ޕެޓް" ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ދެވަނަ ފަހަރަށް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން އަންގައިފިއެވެ. އެމްއެފްޑީއޭއިން މިގޮތަށް އަންގާފައި މިވަނީ ބާޒާރުގައި ބައެއް ވިޔަފާރިކުރާ ފަރާތްތަކުން އެފަދަ ފުޅީގައި ތަކެތި ބަންދުކޮށް ވިއްކަމުންދާކަން އެއޮތޯރިޓީއަށް ފާހަގަވުމާއި ގުޅިގެންނެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެއޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެމްއެފްޑީއޭއިން ވިދާޅުވީ ފެނާއި ލުއިބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ތައްޔާރުކޮށްފައިވާ ފުޅިތަކެއްކަމަށެވެ. އެގޮތުން ވަކިވައްތަރެއްގެ ޕްލާސްޓިކެއްކަމުގައިވާ ޕޮލިއެތިލީން ޓެރަތަޔަލޭޓް ނުވަތަ ޕެޓްއިން ތައްޔާރުކޮށްފައިވާ ފުޅިތަކެއްކަމަށާއި އެއްފަހަރަށްވުރެ ގިނައިން މިބާވަތުގެ ޕްލާސްޓިކް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު