Thursday, November 12
މާދަމާއިން ފެށިގެން ކަރެކްޝަންސްގެ "މައި އެމްސީއެސް ޕޯޓަލް" އިން ޚިދުމަތް ދޭން ފަށަނީ

މާދަމާއިން ފެށިގެން ކަރެކްޝަންސްގެ "މައި އެމްސީއެސް ޕޯޓަލް" އިން ޚިދުމަތް ދޭން ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ބުނީ މި ޕޯޓަލް މެދުވެރިކޮށް ކުށުގެ ރެކޯޑު ސާފުކުރެއްވުމަށް އެދިލެއްވޭނެ ކަމަށާއި، ޖަލުގައި ތިބި ފަރާތްތަކާ އެ ފަރާތްތަކުގެ ޤާނޫނީ ވަކީލުން އަދި ޢާއިލާއިން ބައްދަލުކުރެއްވުމަށް އެދިލެއްވޭނެ ކަމަށެވެ.

"މައި އެމްސީއެސް ޕޯޓަލް" އަށް ކަރެކްޝަންސްގެ ވެބްސައިޓުން އީފާސް މެދުވެރިކޮށް ލޮގިން ކުރެވޭނެ ކަމަށާއި، މި ޕޯޓަލް މެދުވެރިކޮށް ގައިދީ ނުވަތަ ބަންދު މީހާއާއެކު އޮތް ގުޅުން ކަށަވަރުކުރުމަށާއި، ރަޖިސްޓްރީވުމަށް ލިޔެކިޔުންތައް ފޮނުވޭނެ ކަމަށް އެ ސަރވިސް އިން ބުނެއެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ ކުރީގެ އީ-ސަރވިސް ޕޯޓަލުން ރަޖިސްޓްރީވެފައިވާ ފަރާތްތައް އަލުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

އަދި ފެބުރުވަރީ 19 ވަނަ ދުވަހުން ފެށިގެން ކުރީގެ އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް ފޮނުއްވާ އެއްވެސް ރިކުއެސްޓެއް ބަލައިނުގަނެވޭނެ ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު