Thursday, November 12
ސީޝެލްސްގެ ކްރޫޒްލައިނާއަކުން އައި 548 ފަތުރުވެރިންނަށް ކްލިއަރެންސް ދީފި
500 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ. އިމިގްރޭޝަނުން ބުނީ "އެމްއެސް ކްރިސްޓަލް ސިމްފަނީ" ނަމަކަށް ކިޔާ ކްރޫޒްލައިނާއިން ރާއްޖެ އައި 548 ފަސިންޖަރުންނަށާއި 489 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. ސީޝެލްސް އިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ އިއްޔެއެވެ. މިއީ މި އަހަރު މިހާތަނަށް ރާއްޖެ އައި ހަ ވަނަ ކްރޫޒްލައިނާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު