Thursday, November 12
ސީޕީ ނަވީން ރިޓަޔަރކުރެއްވުމާ ގުޅިގެން ފުލުހުންގެ ހިންގުން ޑީސީޕީ ފަރުހާދާ ހަވާލުކޮށްފި

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން، އެ މަޤާމުން ރިޓަޔަރކުރައްވައިފިއެވެ.

ރިޓަޔަރ ކުރެއްވުމަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ 32 އަހަރު ދުވަހު ޔުނީފޯމް އެޅި ޚިދުމަތުގައި ދެމިހުންނެވުމަށްފަހު ޚިދުމަތުން ވަކިވެވަޑައިގެންނެވީ ޚިދުމަތާ ގުޅިވަޑައިގެންނެވި އިރުވެސް ހިތުގައި އޮތް ފަޚުރުވެރިކަމާއި އިޙުތިރާމާއި، ޔުނީފޯމަށް އޮތް ޤަދަރާއި، މުއައްސަސާއަށް އޮތް އިތުބާރު އަދި ޤައުމަށް އޮތް މަތިވެރި ލޯތްބާއެކު ކަމަށެވެ.

"މި ޝަރަފުވެރި ޚިދުމުގައި ދެމިހުރުމުގެ ފުރުޞަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް"، ނަވީން ވިދާޅުވިއެވެ.

ފުލުހުން ިއަދު ބުނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު