Monday, November 2
މިއަދު ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރެޑް އެލާޓް ނެރެފި
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ބޮޑު ސަރައްޙަދުތަކަށް ދުންފުހުގެ  އަސަރުކުރާނެ މިއަދު ކުރާނެކަމަށް ބުނެފިއެވެ. މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެދިފައެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 154 ގަ އެވެ.

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން، އެންމެންނަށް ނުރައްކާވާ މިންވަރަށް ހުރުމެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓެވެ. އޭގެ މާނައަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު