Monday, November 2
ރަމަޟާން މަހަށް 4 މިސްކިތް އޭސީކޮށް ނިންމާ ބޭނުންކުރަން ފަށައިފި
ރަމަޟާން މަހަށް 4 މިސްކިތް އޭސީކޮށް ނިންމާ ބޭނުންކުރަން ފަށައިފިއެވެ. އެ މިސްކިތްތަކަކީ، ފުރުޤާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތެވެ. ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަމީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި އޭސީ ކުރުމަށް ސަރުކާރުން ފެއްޓި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް، އެ 4 މިސްކިތް އޭސީކޮށް ނިންމާ ރެއިންފެށިގެންވަނީ ބޭނުންކުރަން ފަށާފައިވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު