Saturday, October 31
ދ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް އިފްތިތާޙުކޮށްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ޚިދުމަތް ދ. އަތޮޅުގައި ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، އެ އަތޮޅުގެ ރައްޔިތުންވެސް ބައިވެރިވިއެވެ.

ދ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފުތާގައި އެއްވެސް ފީއަކާ ނުލައި ފެރީތަކުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީ ޚިދުމަތް ފެށިގެން ދިއުމާއެކު، މި އަތޮޅުތަކުގެ ރައްޔިތުންނަށް އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރުގެ އިންތިޤާލީ އާ ބާބެއް ފެށިފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު