Monday, November 2
ހިންމަފުށި ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި

ކ.ހިންމަފުށި ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ. މިކަމަށްޓަކައި ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.

މިނިސްޓަރ މުވައްޒަފުންނާ ބައްދަލުކުރުން / ފޮޓޯ: ހެލްތު މިނިސްޓްރީ

މިދަތުރުގައި މިނިސްޓަރ ވަނީ ކ.ހިންމަފުށި ޞިއްޙީ މަރުކަޒަށް ޒިޔާރާތްކުރައްވާ، އެތަނުގެ ހާލަތު ބައްލަވާ ލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދިނުމުގައާއި، މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ.

ކ.ހިންމަފުށި ޞިއްޙީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާގެ ތެރެއިން/ ފޮޓޯ: ހެލްތު މިނިސްޓްރީ

މީގެ އިތުރުން ކ.ހިންމަފުށި ޞިއްޙީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ވެސް ހަފްލާއެއް ވަނީ ބާއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު