މިގޮތުން ޠަލާލް ވިދާޅުވީ، ކުޅިވަރުގައި ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން އެ ހަލާކުކޮށްލެވެނީ ޤައުމުގެ ކުޅިވަރުގެ މުސްތަޤުބަލު ކަމަށެވެ. މިގޮތުން ވަކި މީހެއްގެ ދަރިއަކަށްވުން، ވަކި ޢާއިލާއަކަށް ނިސްބަތްވުން އެއީ އެ ކުޅުންތެރިއެއްގެ ޙައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމުގައި ޠަލާލް ވިދާޅުވިއެވެ. އަދި އެ ކުއްޖެއްގެ ހުނަރުން އެ ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެ ކުއްޖެއްގެވެސް އަދި ޤައުމުގެވެސް ކާމިޔާބީއެއް ކަމަށާއި، އޭގެ ފައިދާވެސް މުސްތަޤުބަލުގައި ކުރާނީ ޤައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޠަލާލް ވިދާޅުވީ ކުޅުންތެރިން ހޯދާ ކާމިޔާބީގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށްވާނެ ކަމަށެވެ. ޠަލާލް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަނގު ދަރިކަލުން، ޢުމައިރު މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 އަށް ނޯމިނޭޓްވުމާ ގުޅިގެން މީސްމީޑިއާގައި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.ކުޅިވަރުގަ ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން އެ ހަލާކުކޮށްލެވެނީ ޤައުމުގެ ކުޅިވަރުގެ މުސްތަޤްބަލް. ވަކި މީހެއްގެ ދަރިއަކަށްވުން، ވަކި ޢާއިލާއަކަށް…
— Mohamed Tholal (@Tholal) February 15, 2026

ވަކި މީހެއްގެ ދަރިއަކަށްވުމަކީ އެ ކުޅުންތެރިއެއްގެ ޙައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
ޠަލާލް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





