Saturday, October 31
މާލޭގެ އިރުމައްޗާއި އުތުރުފަރާތުގެ ތޮށިގަނޑު އަލުން މަރާމާތުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށްޓަކައި ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ ފުރަތަމަ ޕެކޭޖެވެ.

10 ފެބުރުވަރީ 2026 ގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދެވެ. ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ މިސްޓަރ އިޒާވާ ކަން އެވެ.

ޖުމްލަ 700,000,000 (ހަތްސަތޭކަ މިލިޔަން) ޖަޕަނީޒް ޔެންގެ މި މަޝްރޫޢު ޓޯޔޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 487 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އުތުރު ފަރާތާއި އިރުމަތީ ފަރާތުގެ ތޮށިގަނޑު އިތުރަށް ވަރުގަދަކޮށް، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ މަރާމާތުތައް ކުރެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑުންނެވެ. މި މަސައްކަތަކީ މާލޭގެ ވަށައިގެންވާ ތޮށިގަނޑު ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު