Monday, November 2
މާފުށީގެ ނަރުދަމާ އަޕްގްރޭޑްކޮށް ހިއްކި ސަރަޙައްދަށް ފެނާއި ނަރުދަމާ ޤާއިމުކުރަން ޙަވާލުކޮށްފި

ކ. މާފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ދެ މަޝްރޫޢު ވެސް ޙަވާލުކުރީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭޑަބްލިއުއެސްސީ) އާ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އެމްއޭޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު އެވެ.

މާފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމް އަޕްގްރޭޑް ކުރުމަށް ދައުތަލުން 57،402،888.14 ރުފިޔާ ޚަރަދުކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެޅުން ހިމެނެއެވެ.

މީގެ އިތުރުން ވެސް މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މާފުށީގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢަށް ޚަރަދުވާނީ 128،605،793.86 ރުފިޔާ އެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފްލޯ އެޅުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު