Monday, November 2
ކ. އަތޮޅުން ފެށިގެން އައްޑޫއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފި
މާލެ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށް ބޯކޮށްވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މިޓިއޮރޮލޮޖީން ހުދު ސަމާލު ނެރުނީ މިއަދު މެންދުރު 12:30 އިން އިރުއޮތްސި 18:30 އާއި ހަމައަށެވެ. މިޥޭތުވެދިޔަ ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް، ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ވާރޭވެހެއެވެ. މީގެ އިތުރުން ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގެ ހިސާބުތަކަށް ކުރަމުން އަންނާތީ އެކަމަށް ސަމާލުވާންވެސް މެޓް އޮފީހުން ވަނީ އެދިފައެވެ. މޫސުމާއި ބެހޭ އިދާރާއިން ބުނީ ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށުން މޫސުމާބެހޭ ރިޕޯޓްތައް ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް 4 ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއި އެކު ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް މުސުމާއި ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު