Monday, November 2
ލޯކަލް ކައުންސިލް އިންތިޚާބު: ކެންޑިޑޭޓުންގެ ގުރުއަތުލުން ބުރާސްފަތި ދުވަހު

މިއަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.

އެ ދެއިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އިންތިޚާބުގެ ކަންކަން ވަކި ޓައިމްލައިނެއްގެ ތެރެއިން ކުރަމުންދާ އަންނަ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. އެވެ. އެހެންވެ ބުރާސްފައްޗާ ހަމައަށް މިއޮތް މި މުއްދަތުގެ ތެރޭގައި އެއްވެސް ކެންޑިޑޭޓަކު ނަން އަނބުރާ ނަގަން ބޭނުންވާ ނަމަ އެ ދުވަހާ ހަމައަށް އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

މި އިންތިޚާގައި ހަ ޕާޓީއަކުން ވާދަކުރެއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ޖުމްލަ 1،210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ. މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީންނެވެ.

ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާ އިރު އެ ޕާޓީން ކައުންސިލް އިންތިޚާބުގައި 665 ކެންޑިޑޭޓުން ވާދަކުރެއެވެ.

ދެއިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނަށެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު