Saturday, October 31
ހުޅުދޫ އާއި މީދޫ ކައުންސިލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް މި މަހު ފަށަނީ

ރައްޔިތުންގެ ވޯޓާއެކު އަލަށް އުފެދިގެންދާ ސ. ހުޅުދޫއާއި އައްޑޫ މީދޫގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި މަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިގޮތުން 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުދޫއާއި މީދޫ ކައުންސިލަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި، މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށް ޓަކައި ބޭނުންވާ މުވައްޒަފުން ހަމަކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިގެންދާނެ ކަމަށެވެ. އަދި މުވައްޒަފުން އިތުރު ކުރެވޭނެކަންވެސް އެ މަނިކުފާނުގެ ވިދާޅުވިއެވެ.

''އައްޑޫ ހުޅުދޫއާއި، އައްޑޫ މީދޫގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި މަހު ފެށޭނެ'' ރައީސް ވިދާޅުވިއެވެ.

އައްޑުއަތޮޅު ހުޅުދޫއާއި، އައްޑުއަތޮޅު މީދޫއާއި އަދި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޓަކައި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއަށް ޚާއްޞަކޮށްގެން ވަކިން ކައުންސިލް އުފައްދަން ފެންނަކަށް އެ ދެ ރަށުގެ ރައްޔިތުން ވަނީ ވޯޓުދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު